ފަލަސްތީނުގެ ހަމާސް މުޖާހިދުންނާއި ދެކޮޅަށް އިސްރާއީލުން ކުރަމުން ގެންދާ ހަނގުރާމައިގެ ތެރެއަށް އިނގިރެސިވިލާތުންވެސް އެހީތެރިވުމަށް ތައްޔާރުވެެއްޖެކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ހުޅަނގުގެ މީޑިއާތަކުން ބުނެފައިވަނީ އިސްރާއީލުން ހަމާސްއާއި ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމައިގައި އިނގިރެސިވިލާތުން ބައިވެރިވުމަށް ތައްޔާރުވަމުން އަންނަކަމަށާއި އިނގިރޭސިވިލާތުން މި ހަނގުރާމައިގައި ބައިވެރިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެޖަމިން ނަތަންޔާހޫގެ އެދިލެއްވުމުގެ މަތިންކަމަށެވެ.
އިސްރާއީލުން ހަމާސް އާއި ދެކޮޅަށް މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި އެއްވެސް ކުރިއެރުމެއް އަދި ލިބެމުން ނުދެއެވެ. އެހެން ކަމުން އެކަމުގެ ކަންބޮޑުވުން ނަތަންޔާހޫގެ އޮތްއިރު، އޭނާ ދަނީ އެހެން ގައުމުތަކުން ވެސް އިސްރާއީލާއި ބައިވެރިވެ ހަމާސްއާއި ދެކޮލަށް ހަނގުރާމަ ކުރުމަށް ދައުވަތު ދެމުންނެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން މިހާރުވަނީ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިންގިރޭސިވިލާތުގެ ހަނގުރާންމަތީ ބޯޓުތައް ފޮނުވުމަށް ވެސް ނިންމާފައެވެ. އަދި ވަރަށް އަވަހަށް އަމަލީ ގޮތުން އެ މަސައްކަތް ފެށިގެން ދާނޭ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އިނގިރޭސީންގެ ބޯޓުތައް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިސްރާއީލާއި ޣައްޒާގެ މަތިން ވައިގެ ސަރަހައްދުތައް ޕެޓްރޯލް ކުރަމުން ގެންދާނޭ ކަމަށާއި މި އޮޕަރޭޝަންތަކުގެ މަގުސަދަކީ ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމަށް އެހީތެރިވުން ކަމަށް ވެސް އެފަރާތުން ބުނެއެވެ. އަދި ހަމާސް އިން ރަހީނުކޮށްފައިވާ މީހުންގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ގިބަ އަދަދެއްގެ ބަޔަކު ވެސް ތިބިކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.









