އިމިގްރޭޝަންގެ ރީޖަނަލް އޮފިސްތައް ގާއިމުވެފައިވާ ހަތަރު އަތޮޅަކުން ދިވެހި ޕާސްޕޯޓް ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފިއެވެ.
އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުކުރެވިފައިވާ ހަތަރު އަތޮޅަކީ އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއެވެ. މި ނިންމުމާއި އެކު މި ހަތަރު އަތޮޅުގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވެގެން ދާނެކަމަަށް ހާމަކުރެއެވެ.
އިމިގްރޭޝަން ރީޖަނަލް އޮފިސްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް މީގެ ކުރިން ޕާސްޕޯޓު ފޮނުވަމުން ދިޔައީ ހަފުތާއަކު 2 ދުވަހަށެވެ. ނަމަވެސް މިބަދަލާއެކު ދެން ކޮންމެ ހަފުތައަކު 4 ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓު ފޮނުވާނެއެވެ. އަދި މީގެއިތުރުން ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫސިޓީއަށް މީގެ ކުރިން ޕާސްޕޯޓްތައް ފޮނުވަމުން ދިޔައީ ހަފުތާއަކު 1 ދުވަހަށް ކަމަށާއި ނަމަވެސް މިބަދަލާއެކު މިއިން ކޮންމެ އޮފީހަކަށްވެސް ހަފުތާއަކު ދުވަހު ޕާސްޕޯޓު ފޮނުވާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މިނިންމުމާއެކު ރީޖަނަލް އޮފިސްތަކުން ޕާސްޕޯޓު ނެގުމަށް ހިޔާރުކުރާ ފަރާތްތަކަށް ހަލުވިކަމާއެކު ޕާސްޕޯޓްޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.









