Search Streamline Icon: https://streamlinehq.com

ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިރޭ

Dsc8968 pano

ރައްޔިތުންގެ މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރުމަށް މިރޭ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހަށް ނައިބު ރައީސެއް އައްޔަން ކުރަން ނިންމީ އެމަޤާމުގައި ހުންނެވި އީވާ ޢަބްދުﷲ މިއަދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އީވާ އިސްތިއުފާދެއްވާފައިވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދު ޖަލްސާއަށް އެޖެންޑާކޮށް، އެ ޖަލްސާ ކުރިޔަށް ދަނިކޮށެވެ.

އެމްޑީޕީގެ 49 މެމްބަރުންގެ ގެ ސޮޔާއެކު މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ. އެ ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ވެސް އީވާއެވެ.

އީވާގެ ވާހަކަ ނިންމަވާލެއްވި ތަނުން، އޭނާ ވަނީ އިސްތިއުފާގެ ސިޓީ މަޖިލިހުގެ އިދާރީ މޭޒާ ހަވާލުކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުން ފެށިގެން މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެކަން މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމަށް އަންގަވާ ކަމަށެވެ.

މަޖިލީހަށް ނައިބު ރައީސަކު އިންތިޚާބުކުރުމުގެ ޖަލްސާ މިރޭ ބާއްވަން ނިންމިއިރު، މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައިކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *