Search Streamline Icon: https://streamlinehq.com

އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ނިންމައިފި

GAlvsfyasAA7zg1

އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, އާސަންދައިން ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތްތައް ލިބޭ ގޮތަށް ހަދަން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މި ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ, މި ޚިދުމަތް ދިނުމަށް ރާއްޖޭގައި ޚިދުމަތްދޭ ހޮސްޕިޓަލުތަކުންނާއި ރާއްޖެއިން ބޭރުން ޚިދުމަތް ލިބޭނެ މަރުކަޒުތައް ކަނޑައެޅޭނެކަމަށާއި ފާޓިލިޓީ ޚިދުމަތްތައް ފުޅާކުރުމަށް އަންނަ އަހަރު ބަޖެޓްގައި 30 މިލިޔަން ރުފިޔާގެ ފާޓިލިޓީ ފަންޑެއް އޮންނާނެ ކަމަށެވެ.

އަދި ޑޮކްޓަރުން ލަފާ ދީފިނަމަ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދީ, ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ފަސޭހައިން މިކަން ކުރެވޭނެ ގޮތަށް ހަދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ހިދުމަތް ނެތްކަމުގައި ވަނީނަމަ އާސަންދަ ސްކީމުގައި ރަޖިސްޓްރީކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންވެސް މިކަން ކުރެވޭ ގޮތަށް ހަމަޖެހިގެންދާނެކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *