Search Streamline Icon: https://streamlinehq.com

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ދިރިއުޅުއްވާ ގެ ޔަހޫދީން ސިފައިން ވަށާލައިފި

WhatsApp Image 2023 12 06 at 14.25.26

ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ދިރިއުޅުއްވާ ގެ ޔަހޫދީ ސިފައިން ވަށާލައިފައި ވާ ކަމަށް އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ރެކޯޑްކޮށް އާންމުކޮށްފައިވާ ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ދިރިއުޅުއްވާ ގެ ޔަހޫދީ ސިފައިން ވަސާލައިފައި ވާ ކަމަށެވެ. އަދި ޣައްޒާގެ ހުރިހާ ހިސާބަކަށް ވެސް ޔަހުދީ ސިފައިންނަށް މިހާރު ވާސިލްވެވޭނެކަން ހާމަވާކަމަށް އޭނާ ބުނެފައިވެއެވެ.

ނަތަންޔާހޫ ބުނީ ޣައްޒާގެ ބާރުތައް މިހާރު އިސްރާއީލުގެ އަސްކަރިއްޔާގެ ދަށުގައިވާ ކަމަށާއި ބޭނުން ކޮންމެ ތަނަކަށް ޔަހޫދީ ސިފައިންނަށް ވަދެ ނުކުމެ އުޅެވޭކަމަށެވެ. އަދި މިހާރު މިވަނީ ސިންވާރުގެ ގެ ވަށާލާފައި ކަމަށާއި ދާދި އަވަހަށް ސިންވާރުވެސް އަތުލައިގަނެވޭނޭ ކަމަށެވެ. އޭނާ ބުނީ ސިންވާރުގެ ގެ ވަށާލެވުނު ނަމަވެސް މިވަގުތު ސިންވާރު އަތު ޖެހުން އުނދަގޫވި ނަމަވެސް ކުރިޔަށް އޮތް ތަނުގައި އެކަންވެސް ކާމިޔާބު ވާނޭ ކަމަށެވެ.

“ އަހަރެމެން ހަމާސް ލީޑަރު ޔަހްޔާ ސިންވާރުގެ ގެ ވަށާލައިފިން. މިކަމުން ދޭހަވަނީ ޣައްޒާގެ ހުރިހާ ބާރެއް އަހަރުމެންގެ އަތްދަށުގައި އޮތްކަން. ސިއްވާރުގެ ގެ ވަށާލި ނަމަވެސް މިވަގުތު އޭނާ ހުރީސަލާމަތުން ނަމަވެސް ދާދި އަވަހަށް އޭނާވެސް އަތުލައިގަނެވޭނެ.“ ނަތަންޔާހޫ ވީޑިއޯ ބަޔާނުގައި ބުނެފައިވެއެވެ.

ޔަހްޔާ ސިންވާރަކީ އިސްރާއީލުގެ ޖަލެއްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރި ހަމާސްގެ ހަތިޔާރު އެޅި ވިންގުގެ ކުރީގެ މެމްބަރެކެވެ. އިސްރާއީލުން އޭނާ ދޫކޮށްލީ 2011 ވަނަ އަހަރު ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *