Search Streamline Icon: https://streamlinehq.com

އިސްރާއީލަށް ފަލަސްތީނު މީހުން އެމީހުންގެ ގެދޮރުން ބޭރު ނުކުރެވޭނެ: ރަޝިއާގެ ރައީސް ޕޫޓިން

298357

އިސްރާއީލުން އިންޒާރު ދިނަސް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރު ދާކޮށް ދާން ނުޖެހޭނޭ ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ބިންކަމަށް ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ފަލަސްތީން މައްސަލާގައި ވާހަކަދައްވަމުން ޕޫޓިން ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް އެމީހުންގެ އުފަން އަމިއްލަ ބިމުގައި މިނިވަންކަމާއި އެކު ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭނޭ ކަމަށާއި އަމިއްލަ ބިން ދޫކޮށް އެހެންތަނަކަށް ފައިބަން އެއްވެސް ގައުމަކަށް އަދި އެއްވެސް ބަޔަކަށް އަމުރުނުކުރެވޭނޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިން ފަލަސްތީނުން ފައިބަން ނުޖެހޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާން އެބަ އިންޒާޜު ދޭކަމަށާއި މިގޮތަށް ދޭ އިންޒާރަކަށް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން، އަމިއްލަ ގެދޮރު ދޫކޮށް ދާން ނުޖެހޭނޭ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

“ ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ގެދޮރު ހުރީ ފަލަސްތީނުގެ ބިމުގައި، އެމީހުން އެތަން ދޫކޮށް ދާން ނުޖެހޭނެ. އިސްރާއީލަކަށް ފަލަސްތީނު ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރުން ނެރ އެއްލައި ނުލެވޭނެ.“ ޕޫޓިން ވިދާޅުވެފައިވެއެވެ.

ޕޫޓިން ވިދާޅުވީ އިސްރާއީލުން ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުން އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް އަމުރުކުރަމުން ދާއިރު، އެއީ އެކަން ކުރެވިގެންވާނޭ ގޮތެއް ނޫންކަމަށާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ އެއްލާލައިގެން އިސްރާއީލަށް ސުލްހަ ޤާއިމުނުކުރެވޭނޭ ކަމަށެވެ.

އިސްރާއީލުން ދަނީ މެދު ނުކެނޑި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާން އިންޒާރުދެމުންނެވެ. އަދި އިންޒާރަށް ފަހު ޔަހޫދީން ދަނީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އެމީހުންގެ އަމިއްލަ ގެދޮރަށް ބޮން އަޅާ އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *