ފަލަސްތީނުގެ ހަމާސްއާއި ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ޔަހޫދީން އިސްރާއިލަށް ކުރިޔަށް އޮތީ ނާމާން އަދި ބިރުވެރި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތައް އޮތީ ނުހަނު ގާތުގައިކަމަށް އިރާންގެ ޚާރިޖީ ވަޒީރު އަމީރު އަބްދުالله ވިދާޅުވެއްޖެއެވެ.
މީޑިއާއާއި ވާހަދައްކަވަމުން އަމީރު ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިނގާ ގަތުލުއާންމުތަކަށް ވަރުގަދަ ރައްދެއް ދޭން ތައްޔާރުވަމުން އަންނަކަމަށާއި އެގޮތުން ޔަހޫދީންނަށް ކުރިޔަށް އޮތީ ނާމާން އަދި ބިރުވެރި ދުވަސްތަކެއް ކަމަށެވެ.
އަމީރު ވިދާޅުވީ ހަޔޫދީން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދު ހަމާސްގެ މުޖާހިދުން ވަރަށް ވަރުގަދައަށް މިހާރުވެސް ދެމުން އަންނަކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި އެ ހަމަލާތައް ބޮޑުތަނުން އިތުރުވެގެންދާނޭ ކަމަށެވެ. ޔަހޫދީން ނަށް އެމީހުންގެ މަގުސަދު ހާސިލް ނުވާނޭ ކަމަށާއި، ހަނގުރާމައަށް ދެމަހާއި ގާތްވި އިރުވެސް އިސްރާއީލަށް ހަނގުރާމައިގައި މިހާތަނަށް އެއްވެސް ކާމިޔާބެއް ނުލިބޭ ކަމަށް އަމީރު ވިދާޅުވިއެވެ.
“ އިސްރާއީލުގެ ޔަހޫދީ ސިފައިންނަށް ކުރިޔަށް އޮތީ ވަރަށް ބިރުވެރި އަދި ނާމާން ދުވަސްތަކެއް. އެދުވަސްތައް އޮތީ ވަރަށް ގާތުގަ.“ އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުالله ވިދާޅުވެފައިވެއެވެ.
ހަނގުރާމަގައި އިސްރާއީލަށް ކުރެވޭ ހަމަ އެކަނި ކަމަކީ ފަލަސްތީނުގެ އާރެއްބާރެއް ނެތް ނިކަމެތި ރައްޔިތުންގެ ބޮލަށް ބޮން އަޅައި ޝަހީދުކުރުން ކަމަށާއި އިތުރު އެއްވެސް ކަމެއް އިސްރާއީލަށް ނުކުރެވޭކަމަށް އަމީރު ވިދާޅުވިއެވެ.
ހަނގުރާމައަށް މިހާރު 53 ދުވަސް ފާއިތުވެ ދިޔައިރުވެސް، އިސްްރައީލަށް އެމީހުން ބޭނުންވާ އެއްވެސް މަގުސަދެއް ހާސިލް ނުކުރެވެއެވެ. އިސްރާއީލުން އެންމެ ބޮޑަށް ބޭނުންވަނީ ހަމާސް ނައްތާލުމެވެ. ނަމަވެސް އެކަން އެމީހުންނަށް ނުވާނެކަން ވަނީ ކަށަވަރުވެފައެވެ. ހަމާސް އިން އިސްރައީލުގެ ސިފައިންނަށް ދޭ ހަމަލާތައް މާ ބޮޑަށް ވެސް ވަރުގަދަވެފަވެ ކާމިޔާބެވެ.









