Search Streamline Icon: https://streamlinehq.com

އިސްރާއީލުގައި ހަމުގެ ކެންސަރު ޖެހޭ މިންވަރު އިންތިހާއަށް އިތުރުވެއްޖެ

1 11 21pancreatic1 edited Pixlr

އިސްރާއީލުގައި ހަމުގެ ކެންސަރު ޖެހޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާކަމަށް އިޒްރޭލް ކެންސަރު އެސޯސިއޭޝަނުން ބުނެފި އެވެ.

އިސްރާއީލުގެ ކެންސަރު އެސޯޝިއޭސަނުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ދެވަނައަށް ހަމުގެ ކެންސަރު އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ އިސްރާއީލެވެ. އެގޮތުން ހަމުގެ ކެންސަރު އެންމެ ގިނަ 30 ގައުމުގެ ތެރެއިން 22 ވަނާގައި އޮތީ އިސްރާްއީލެވެ.

އިސްރާއީލުގެ ކެންސަރު އެސޯޝިއޭސަނުން އާންމުކުރި ރިޕޯޓެއްގައި ވާ ގޮތުން 2000 ވަނަ އަހަރާއި ހަމައަށް އިސްރާއީލުން ހަމުގެ ކެންސަރު ޖެހިފައިވާ މީހުންގެ އަދަދަކީ 3631 އެވެ. އަދި އޭގެ ފަހުން މި އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، މި ބަލީގައި އަހަރަކު ގާތްގަނޑަކަށް 200 އަށްވުރެ ގިނަ މީހުން މަރުވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ނިމިގެން ދިޔަ އަހަރު 2000 މީހުންނަސް މި ބަލި ޖެހިގެން ފަރުވާދީފައިވާއިރު، އޭގެތެރެއިން 60 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އަދި 40 އިން ސައްތަ މީހުންނަކީ އަންހެނުންނެވެ. މިވަގުތު ވެސް 10،000 އަށްވުރެ ގިނަ މީޙުން ހަމުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނައިރު، ކޮންމެ ދުވަހަކު މަދުވެގެން ފަސް މީހުންނަށް ކެންސަރު ޖެހޭކަމަށް ރިޕޯޓުގައިވެއެވެ.

އިސްރާއީލުގެ ކެންސަރު އެސޯޝިއޭސަންގެ ޑިރެކްޓަރ ޖެނެރަލް މޯޝޯ ބާހައިމް ވިދާޅުވި ގޮތުގައި އިސްރާއީލުގައި ފެތުރެމުން މި ދަނީ މެލިގްނަންޓް ސްކިން މެލަނޯމާ ނަކަމަކަށް ކިޔާ ކެންސަރުގެ ބައްޔެކެވެ. އަދި ކޮންމެ ދުވަހަކުވެސް މި ބައްޔަށް ޕޮސިޓިވް ވާ މީހުން ތިބި ނަމަވެސް މިކަކަމަށް މީހުން ހޭލުންތެރި ކުރުވުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ސަބަބުން ކެންސަރު ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މޯޝޯ ބާހައިމް ވިދާޅުވި ގޮތުގައި މި ކެންސަރު ޖެހޭ މީހުންގެ 90 އިން ސައްތަ މީހުންގެ މި ބަލި ވަރަށް އަވަހަށް ދެނެގަނެވޭ ކަމަށާއި އެގޮތުން ބަލީގެ ކުރީކޮޅުގައި ފަރުވާދީ އެއްކޮށް ރަނގަޅުވުމުގެ ފުރުސަތުތަކަށް ވަރަށް ބޮޑުކަމަށެވެ.

އިސްރާއީލުގައި ހަމުގެ ކެންސަރު އިތުރުވަމުން އަންނައިރު، މި ބަލި ޖެހުމުގެ އެންމެ ބޮޑުސަބަބެއްކަމުގައިވަނީ ހޫނުގަދަވުމެވެ. އެހެން ކަމުން އިރުގެ އަލިން ރައްކާތެރިވުމަށް ހެނދުނު 10 އާއި ހަވީރު 4 އާ ދެމެދު ބޭރަށް ނިކުމެ ނޫޅުމަށް ވެސް މިހާރުވަނީ އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *