Search Streamline Icon: https://streamlinehq.com

ޔަމަނަށް ހަމަލާ ދިނުމާއި މެދު އެމެރިކާ އަދި ސައުދީން މަޝްވަރާކުރަނީ

F8B5AE3A 29B8 499B AB4F D15AC7FDF8F9

ފަލަސްތީނުގެ ހަމާސް މުޖާހިދުންނާއި އިސްރާއީލުގެ ޔަހޫދީން މިހާރު ކުރަމުން ގެންގާ ހަނގުރާމައިގައި ފަލަސްތީނުގެ ކުށެއްނެތް މުސްލިމުން ޝަހީދުވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ އިސްރާއީލާއި ދެކޮޅަށް ހަގުރާމަ އިއުލާނު ކޮށްފައެވެ. އެގޮތުން އިސްވެ އިސްރާއީލަށް ހަމަލާތައް ދިނުމަށް ޔަމަނުގެ ހޫތީން ފަށާފައިވާއިރު، އެމީހުން އަދިވެސް ދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިސްރާއީލުގެ އެކި ހިސާބުތަކަށް ހަމަލަދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިސްރާއީލަށް ޔަމަނުން ފޮނުވާ ހަމަލާތައް ވަނީ ނާކާމިޔާބެވެ. އެހެނީ ޔަމަނަށް އިސްރާއީލަށް ހަމަލާތައް ދެވެން އޮތީ ސައުދީ އާއި ޖޯޑަންގެ ވައިގެ ސަރަހައްދުތައް ބޭނުންކޮށްގެން ކަމުގައިވާތީ އެ ދެގައުމުގެ ހުއްދައަކާއި ނުލައި ޔަމަނަށް ވައިގެ މަގުން އިސްރާއީލަށް ހަމަލަނުދެވެއެވެ.

ޔަމަނުން ސައުދީ އަދި ޖޯޑަން އަށްވެސް ވަނީ އިސްރާއީލަށް ހަމަލާ ދިނުމަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށްވެސް އެދިފައެވެ. ނަމަވެސް އެ ހުއްދަ ޔަމަނަށް ވަނީ ނުލިބިފައެވެ. އެގޮތުން ޔަމަނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާ ކޮންމެ ހަމަލާއެއްވެސް ސައުދީން ދަނީ ވައިގެން ދިފާއީ ނިޒާމު ބޭނުންކޮށްގެން ހުއްޓުވަމުންނެވެ.

އެންމެ ފަހުން ދެން ޔަމަނުން ފެށީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުތަކުން ދަތުރުކުރާ އިސްރާއީލް އަދި އެމެރިކާގެ ބޯޓުތައް ހައިޖެކް ކޮށް ހަމަލާތައް ދޭށެވެ. އެގޮތުން މިހާތަނަށް އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ކާގޯ ބޯޓެއް ވަނީ ހިފަހައްޓާފައެވެ. އަދި މީގެ އިތުރުން އިސްރާއީލުގެ ދެ ބޯޓަކަށް ރަތްކަނޑުގެ ސަރަހައްދުން ޑްރޯން ބޭނުންކޮށްގެން ވަނީ ހަމަލާތައް ދީފައެވެ. ޔަމަނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު އެމެރިކާގެ އަސްކަރީ ހަނގުރާންމަތީ ޖެޓެއްވެސް ވައްޓާލާފައެވެ.

ޔަމަނުން މިހާރު ގޮވާލަމުން ގެންދަނީ އިސްރާއީލަށް ހަމަލާތައް ދިނުމަށް ސައުދީގެ ވައިގެ ސަރައްދު ދިނުމަށެވެ. އަދި ޔަމަނުން އެދޭގޮތަށް އެކަން ނުކޮށްދީފި ނަމަ ސައުދީއަށް ވެސް ހަމަލާދޭން ޖެހިދާނޭ ކަމުގެ އިޝާރާތެއް ވެސް ޔަމަނުން ވަނީ ދީފައެވެ.

ކޮންމެ އަކަށް މެދުއިރުމަތީގެ ޚަބަރުތައް ބުނާ ގޮތުން އެމެރިކާއާއި ސައުދީ އަރަބިއްތާއިން މިހާރު ދަނީ ޔަމަނަށް ހަމަލާ ދޭން ފެށުމާއި މެދު މަޝަވަރާތައް ކުރަމުންނެވެ. އެގޮތުން މި މައްސަލާގައި ވަރަށް ސީރިއަސް ވާހަކަތަކެއް ދެ ގައުމުގެ މެދުގައި ކުރެވެމުން އަންނަކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ސައުދީ އާއި އެމެރިކާ ގުޅިގެން ޔަމަނަށް ހަމަލާދޭން އުޅޭކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ޔަމަނުން ވަނީ ދާދި ފަހުން މިވާހަކަތަކަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ. ޔަމަނުން ބުނެފައިވަނީ ސައުދީން ވިޔަސް އަދި އެމެރިކާއިން ވިޔަސް ޔަމަނަށް ހަމަލާދީފި ނަމަ އޭގެ ރައްދުގައި ތެޔޮވަޅުތަކަށް ހަމަލާދީ ގޮއްވާލާނޭކަމަށް ބުނެ އިންޒާރުދީފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *