Search Streamline Icon: https://streamlinehq.com

އިސްރާއީލުން އެމެރިކާއަށް: ކަލޭމެން ޔަމަނަށް ހަމަލަ ނުދީފި ނަމަ އަހަރެމެން ހަމަލަދޭނަން

Presentation2

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއާއި ސައުދީ އަދި ޔޫއޭއީން މަޝަވަރާތައް ކުރަމުން އަންނަކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެމެރިކާއިން އިސްވެ އޮވެ އަރަބި ބައެއް ގައުމުތަކާއި އެކު ޔަމަނަަށް ހަމަލާދިނުމުގެ މަޝްވަރާތައް ކުރިޔަށް ގެންދާކަމަށް ރިޕޯޓުކޮށްފައިވާއިރު، އިސްރާއީލުން މިވަނީ އެމެރިކާއަށް އިންޒާރެއްވެސް ދީފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޖާހޫ އެމެރިކާއަށް ދިން އިންޒާރުގައި ބުނެފައިވަނީ އެމެރިކާއަށް ޔަމަނުގެ ހޫތީންނަށް ހަމަލާ ދޭން ނުކެރޭނަމަ، ނުވަތަ އެކަން ކުރަން ފަސްޖެހޭނަމަ އިސްރާއީލުން އޮތީ ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރަށް ކަމުގައެވެ. އަދި އިސްރާއީލުން އެކަން ކުރަން ފަސް ނުޖެހޭނޭކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

“ އެމެރިކާއަށް ޔަަމަނުގެ ހޫތީންނަށް ހަމަލަދޭން ނުކެރޭނަމަ، އިސްރާއީލުގެ އަސްކަރިއްޔާ އޮތީ އެކަމަށް ތައްޔާރުވެގެން. އަހަރެމެންނަށް އެކަން ކުރެވޭނެ. ކުރަން ކެރޭނެ. ހޫތީންނަށް ހަމަލާދޭނަން.“ އިސްރާއީލުގެ ބޮޑިވަޒީރު ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ ޔަމަނުގެ ހޫތީންނަށް ހަމަލާ ދިނުމުގެ ސަބަބުތަކެއް ކަމުއުގައި ވަނީ ރަތްކަނޑާއި ބާބް އަލް މަންދާބު ހުއްޓުމަކަށް ގެނެސް އެ ސަރަހައްދުތަކުން ދަތުރު ކުރާ އިސްރާއީލް އަދި އެމެރިކާގެ މަނަވަރުތަކަށް ހަމަލާ ދިނުމަށް މައިން ހަރުކޮށްފައިވުމެވެ.

އިސްރާއީލާއި އެމެރިކާއިން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުން އަންނަކަށް ބެލެވޭއިރު، ހޫތީން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިސްރާއީލުގެ ބޯޓެއް ހިފަހައްޓާ ދެ ބޯޓަކަށް ހަމަލާދީފައެވެ. އަދި މީގެ އިތުރުން ޔަމަނުގެ ވައިގެން ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެމެރިކާގެ ހަނގުރާންމަތީ ޖެޓަކަށް ވެސް މިސައިން ހަމަލާއެއް ދީ ވައްޓާލާފައިވެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ޔަމަނަށް ހަމަލާތައް ދިނުމަށް އެމެރިކާ އަޑީގައި އޮވެގެން ކުރާ މަޝަރަވާރަތުގައި ސައުދީ އާއި ޔޫއޭއީގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *