Search Streamline Icon: https://streamlinehq.com

ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތަށް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

Big EQI4TsSWDjrG3X4N9wKqgBqHV

ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތަށް ރަޖިސްޓްރީ ވުމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން މުބާރާތަށް ރަޖިސްޓްރީ ވުމަށް ހުޅުވާލިކަން އިއުލާނު ކޮށްފައިވަނީ އެ މަރުކަޒުން ނެރުނު އާންމު އިއުލާނެއްގައެވެ.

މި އިއުލާން ގައި ބުނެފައި ވަނީ ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތަށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ ކަމަށާއި، ފުރުސަތު ހުޅުވާލެވިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުނެ ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 18 އާއި ހަމައަށް ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 އިން ފެށިގެން  އެ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި މުބާރާތް ކުރިއަށް ދާނީ ތިން ބަޔަކަށް ބަހާލެވިގެންކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ބަހާލެވިފައިވާ ތިން ބަޔަކީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި މުވައްސަސާތަކުގެ ބައި ކަމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ.

އިއުލާނުގައި ވާ ގޮތުން ކޮންމެ ބަޔަކުން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުންވެސް އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާ އިރު، މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސްގެ ހާއްސަ އިނާމް ދެއްވާނެ ކަމަށް ވެސް ޤުރުއާނާއި ބެހޭ މަރުކަޒުން ވަނީ ބުނެފައެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަޤުސަދަކީ ދިވެހިން ގެ ހިތް ތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުން ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *