މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.
”ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ވަނީ ނިންމައިފަ.“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.









