Search Streamline Icon: https://streamlinehq.com

އަންނަ ރަމަޟާން މަހު ގިނަ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުން: އިސްލާމިކް މިނިސްޓަރ

GBDYd60aUAAyYBj

އަންނަ އަހަރުގެ ރަމަޟާން މަހުގައި ގިނަ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނީ ދިވެހި ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަހަރު ރޯދަ މަހުގައި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމްވެ ތަރާވީސް ކުރާނީ ރީތިކޮށް ޤުރުއާން ކިޔަވާ އިލްމީ ދިވެހި ޒުވާން ޙާފިޒުން ކަމަށެވެ. އަދި ގިނަ މިސްކިތްތަކެއްގައި ދިވެހި ޙާފިޒުން ރޯދަ މަހު އިމާމުކަން ކުރާނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން ރަމަޟާން މަސްތަކުގައި މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދު ކުރަމުން ގެންގޮސްފައިވަނީ ރާއްޖެއިން ބޭރުން ހާފިޒުން ގެންނެވެ. އެގޮތުން އަވައްޓެރި ސްރީލަންކާއިން ގިނަ އަދަދެއްގެ ހާފިޒުން ގެނެސްފައިވާކަން ފާހަގަކޮސްލަންޖެހެއެވެ.

ޝަހީމު މިހެން ވިދާޅުވި އިރު ގްރޭޑް 10 އިން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ. މި ފުރުސަތު ދޭން ހަމަޖެހިފައި ވަނީ ގްރޭޑް 10، 11 އަދި 12 ގައި ކިޔަވަމުން އަންނަ ނުވަތަ ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށެވެ. ސާނަވީ ފެންވަރުގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމީ އިމާމުންނާއި ޚަތީބުންގެ ޒުވާން ޖީލެއް ބިނާކުރަން މަގުފަހި ކުރުމުގެ ގޮތުންކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *