Search Streamline Icon: https://streamlinehq.com

ރާއްޖެއިން ނައްތައިލެވިފައިވާ ފައިލޭރިއާ ބަލީގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނިއްޖެ

PptD94B.pptm [Autosaved]

ރާއްޖެއިން ނައްތައިލާފައިވާކަމަށް ބުނާ ފައިލޭރިއާ ބަލި ކުޅުދުއްފުށިން ފެނިއްޖެ އެވެ.

ފައިލޭރިއާގެ ކޭސްތައް ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތް ކޭމްޕުގެ ތެރެއިން ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބުނު މައުލޫމާތައް ބަލާއިރު، ފައިލޭރިއާ އަށް ޕޮޒިޓިވް 16 ބިދޭސީއަކު ވަނީ ފެނިފައެވެ. މި ކޭސްތައް ފާހަގަވެފައިވަނީ މިމަހުގެ އެކަކުން ދެއަކަށް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީނިން ޕްރޮގްރާމެއް  ތެރެއިންކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިތަލުން ފައިލޭރިއާގެ 16 ކޭހެއް ފެނިފައިވާކަމަށް ބުނެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައިލޭރިއާގެ 17 ކޭސް ކުޅުދުއްފުށިން ފެނިފައިވާކަމަށެވެ.

އަދި ސްކްރީނިން ސްޓޭޖުގައި ޕޮޒިޓިވް މީހުންގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ޓެސްޓުތައް މިރޭގެ ވަގުތެއްގައި ނިމޭނެ ކަމަށް ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެ އެވެ.

ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސްއާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން ބޭސް ދެވުނުވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *