Search Streamline Icon: https://streamlinehq.com

ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް 11.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި

Big 7Af5tHhPfbgWY7h5T4vjPJnLN

ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 11.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ނޮވެމްބަރ މަހު އެކަނިވެސް ޕްލާސްޓިކް ކޮތަޅުގެ ފީ އިން ދައުލަތަށް 996،997 ރުފިޔާ ވަނީ ލިބިފައިކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއީ އޮކްޓޯބަރ މަހާއި އަޅާ ބަލާއި އިރު ދަށް އަދަދެކެވެ. މިއަ އަހަރުގެ އޮކްޓޯބަރ މަހު 2.5 މިލިއަން ކޮތަޅުން ފީގެ ގޮތުގައި ދައުލަތަަށް ލިބުނުއިރު، ސެޕްޓެމްބަރު މަހު ލިބިފައިވަނީ 484،246 ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމާއެކު އޭގެ ޖެހިގެން އައި މޭ މަހުގެ ނިޔަލަށް އެކަނިވެސް 1.1 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

ނަމަވެސް އެ ގާނޫނަށް ގެނެވުނު އިސްލާހު ގެ ސަބަބުން ޑަބަލް ޓެކްސް ދެފަހަރު ނޫނީ ތިން ފަހަރު ޓެކްސް ނެގެއެވެ. އެގޮތުން، ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *