ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް ކަމަށާއި މިކަމުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން ދިޔަ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބަރަހަނާ އެބްސައިޓުތައް ބްލޮކް ކުރުމުމާއި ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވާ މަހުލޫފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން ނިންމި އެ ނިންމުމަކީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް ކަމަށާއި އަދި މިކަމުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން ދިޔަ ކަމެއްކަމަށެވެ.
“ ބަރަހަނާ ވެބްސައިޓުތައް ބްލޮކްކުރަން ނިންމިކަމީ މިމުޖުތަމަޢު ބަލައިގަންނަންޖެހޭކަމެއް. މިކަމުގެ ސަބަބުން އެނގުމާއި ނޭގުމުގެ ތެރެއިން އެތައް ކުޑަކުދިންނެއް ދިޔައީ ހަލާކުވެ ބައިވަރު އިޖުތިމާއީ މައްސަލަތަކެއް ނުކުންނަމުން. މިމުހިއްމު ނިންމުމަށް ސަރުކާރަށް ޝުކުރުއަދާކުރަން.“ މަހުލޫ އެކްސް ގައި ލިޔުއްވާފައިވެއެވެ.
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިގޮތަށް ބަރަހަނާ ސައިޓްތައް ރާއްޖޭގައި ބްލޮކްކުރި މިއީ ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ސަރުކާރުން އަންގައިގެންނެވެ.









