Search Streamline Icon: https://streamlinehq.com

ބ. ދަރަވަންދޫގައި މިސްކިތެއް އިމާރާތްކުރަން ބަޔަކާއި ހަވާލުކޮށްފި

409395906 670577285252810 2171917642753870645 n

ބ. އަތޮޅު ދަރަވަންދޫގައި މިސްކިތެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

9.7 މިލިއަން ރުފިޔާގެ މިސްކިތް އެޅުމުގެ މި މަޝްރޫޢު ހަވާލުކުރީ އެލައިޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމަށް އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.

މިސްކިތް އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް 300 މީހުންގެ ޖާގަ ހިމެނޭ ގޮތަށެވެ.

މި މަޝްރޫއު ހިންގަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *