މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙު ހުރަވީ ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހިރާއްޖޭގެ ލޮބުވެރި އެންމެހައި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އެ މަނިކުފާނު ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
އެކްސް މެދުވެރިކުރައްވާ ރައީސް ޞާލިޙު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހުރަވީ ދުވަހުގެ ތަހުނިޔާއާ މުބާރިކްބާދީ އެންމެހާ ދިވެހި ރައްޔިތިންނަށް އަރިސްކުރާ ކަމަށާއި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބްރަތް ލިބިގަތުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމަށެވެ.
”ހުރަވީ ދުވަހުގެ ތަހުނިޔާއާ މުބާރިކްބާދީ އެންމެހާ ދިވެހި ރައްޔިތިންނަށް އަރިސްކުރަން. ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބްރަތް ލިބިގަތުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް..“ ރައީސް ޞާލިހުގެ އެކްސްޕޯޓުގައި ވިދާޅުވެފައިވެއެވެ.
ހިޖުރައިން 1166ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3ވީ އާދީއްތަ ވިލޭރެއަކީ، އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.