Search Streamline Icon: https://streamlinehq.com

ފުށިދިއްގަރުފަޅުގެ މަޝްރޫއު ނިމޭއިރު، ހުޅުމާލެއަށް ވުރެ ތިން ގުނަ ބޮޑުވާނެ: ރައީސް

411721181 735774315254475 5294822045953808820 n

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ”ހަފްތާ14″ގައި ހިމެނޭ މުހިންމު މަޝްރޫޢުއެއް ކަމުގައިވާ ކ.ފުށިދިއްގަރުފަޅު މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަޝްރޫޢު މިއަދު ފަށައިފައިވާއިރު، މި މަޝްރޫޢު ނިމޭއިރު، ހުޅުމާލެއަށް ވުރެ ތިންގުނަ ބޮޑުވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.

ސީއެމްސީ އާއި ޙަވާލުކޮށްފައިވާ މި މަޝްރޫޢު ފައްޓަވައިދެއްވުމަށް ފަހު ވާހަދައްކަވަމުން ރައީސް ވިދާޅުވީ އެތަން ހިއްކަނީ ”ރަސްމާލެ“ ގޮތުގައި ކަމަށާއި މި މަޝްރޫޢުގެ ދަށުން ބިން ހިއްކައި ނިމޭއިރު، ހުޅުމާލެއަށް ވުރެ ތިން ގުނަ ބޮޑުވާނޭކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢު، އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ބޭނުމަށް ރައީސް ޑރ. މުއިއްޒުވަނީ، އެ މަނިކުފާނަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުން ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު، ކ. ގުޅީގެ އިހްތިޞާސުން އުނިކުރައްވައިފައެވެ. އެ ފަޅުން 800 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުޢިއްޒުގެ ބޮޑު ތަސައްވުރެކެވެ. މި ތަން ތަރައްގީކުރާނީ މާލެ ނައިސް ރައްޔިތުންނަށް ދިރިއުޅެވޭ ފެންވަރަށް ހުރިހާ ޚިދުމަތަކާއެކުގައެވެ. ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެ ތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން އާ ސަރުކާރުން އިންތިހާބުގެ ކެމްޕެއިންގައި ވަނީ އިއުލާނު ކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *