Search Streamline Icon: https://streamlinehq.com

ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށް: ރައީސް

412030458 735774238587816 585792038145928247 n

ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވަން އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ

ފުށިދިއްގަރު ފަޅުގައި ތަރައްޤީ ކުރާ ސަހަރު ރަސްމާލެ ބިންހިއްކުމުގެ މަޝްރޫޢު މިއަދު ފަށާފައިވާ ކަން ހާމަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ރަސްމާލެ ވެގެންދާނީ އެކިކަހަލަ ވިޔަފާރިއާ އާމްދަނީގެ ފުރުޞަތުތައް އޮންނަ ގެދޮރުގެ އަދި ވަޒީފާގެވެސް މަންޒިލަކަށްކަމުގައެވެ. އަދި އެ މަޝްރޫއާއެކު މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ދިމާވަމުން ދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިރަށް ތަރައްޤީ ކުރާނީ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލައިގެން ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރަސްމާލެއާ މާލެއާ ދެމެދު ޤާއިމުކުރާނެ ފެރީގެ ނިޒާމަކީވެސް ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުށި ދިއްގަރު ފަޅުން ސަރުކާރުން ހިއްކަން ނިންމާފައި ވަނީ 1153 ހެކްޓަރު ބިމެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި މިއަދު ހިއްކަން ފަށާފައި ވަނީ 29 ހެކްޓަރުގެ ބިމެވެ. މިއީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *