”ބިލެއްފަހި ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2023 ގެ ފައިނަލް މެޗު މިއަދު ކުޅޭނެއެވެ.
މިއަދު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ދި ޗެލެންޖާސް އަދި އޯސަން އެސްސީ އެވެ.
ޖުމުލަ ތިން ޓީމުވާދަކުރާ މި މުބާރާތް ކުރިޔަށް ދަނީ ލީގުއުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.
އެގޮތުން ދި ޗެލެންޖާސް ފައިނަލަށް ދިޔައީ އެންމެ ގިނަ ޕޮއިންޓު ހޯދައިގެން ޓޭބަލްގެ އެންމެ ކުރި ލިބިގެންނެވެ. އަދި އޯސަން އެސްސީ ފައިނަލަށް ދިޔައީ ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދައިގެން ޓޭބަލްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މި މުބާރާތަކީ ބިލެއްފަހި ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހުފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުދިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފައިނަލް މެޗުގެ ކުޅުން ފަށާނީ މިއަދު ހަވީރު 4:15 ގައެވެ.









