Search Streamline Icon: https://streamlinehq.com

އެމްޑީޕީގެ ވަރުގަދަ ވެރިކަން ބަދަލުކުރީވެސް ރައްޔިތުން. ރައްޔިތުންނަށްވުރެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ބާރުދަގައެއް ނުވާނެ: މުއާޒް

214818 3 802eabc9158d7ccc0ec9440ac5ab2ea60636f5df large

ކުރީގައި އޮތް އެމްޑީޕީގެ ވެރިކަން ބަދަލުކުރީ ރައްޔިތުން ކަމަށާއި ރައްޔިތުން މަޖިލީހުގައި ވެސް އެމްޑީޕީ މެމްބަރުން ރައްޔިތުންނަށް ވުރެ ބާރުގަދައެއް ނުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙަށް ރައްދު ދެއްވަމުން ރާއްޖޭގެ މީޑިއާއަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި މުއާޒު ވިދާޅުވީ އެމްޑީޕީގެ ވަރުގަދަ ވެރިކަން ބަދަލުކުރީ ރައްޔިތުން ކަމަށާއި އޭރުވެސް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ބާރާއެކު ތިއްބެވި ކަމަށެވެ. އަދިވެސް މަޖިލީހުގައިވެސް އެމްޑީޕީ އެމްބަރުން ރައްޔިތުންނަށް ވުރެ ބާރުގަދައެއް ނުވާނޭ ކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮންނާނީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެމްޑީޕީގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު އަސްލަކީވެސް ރައްޔިތުންގެ މަޖިލީހުގެ ބާރު ނާޖައިޒްކޮށް ބޭނުން ކުރުން ކަމަށެވެ. މުއާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ރައްޔިތުން ނުކުމެ ބަދަލުކުރީ ހުރިހާ ބާރެއް މުށުތެރޭގައި އޮއްވާ ކަމަށާއި. އެހެންވީމަ ރައްޔިތުންގެ ބާރަށްވުރެ މަޖިލިސްގެ މެމްބަރުން ވެސް ބާރުގަދައެއް ނުވާނެކަމަށް މުއާޒް ވިދާޅުވިއެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ގަވައިދުގެ ބައެއް މާއްދާ އިސްލާހު ކުރަން ކޮމިޓީން ހުށަހެޅި އިސްލާޙް ފާސްކޮށްފައިވަނީ 44 މެންބަރުންގެ ވޯޓުންނެވެ. ގަވައިދު އިސްލާހު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *