Search Streamline Icon: https://streamlinehq.com

ގެދޮރުވެރިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ފެށި މަޝްރޫއު، ރަސްމާލެ ވާނީ ނިކަން ވިދުންހުރި ސިޓީއަކަށް: ރައީސް

GB0F55iboAISfwB

ގެދޮރުވެރިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ފެށި މަޝްރޫއު ކަމުގައިވާ ރަސްމާލެ ވާނީ ނިކަން ވިދުންހުރި ސިޓީއަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ކަންގަތިކޮލި އެވޯޑް 2023 ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ފެށި މަޝްރޫއު ކަމުގައިވާ ރަސްމާލެ ވާނީ ނިކަން ވިދުންހުރި ސިޓީއަކަށް ކަމަށާއި މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު ގެދޮރުވެރިކަން ނެތިގެން ހިތާމައާއި ދެރަ އުފުލާކަށް ނުޖެހޭނެ ކަމަށެވެ.

އަދި ރަސްމާލެ ވެގެންދާނީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ، ޑިޖިޓަލް، ސްމާޓު ސިޓީއެއްގެ ގޮތުގައި ކަމަށާއި އަދި ރަސްމާލެ ވެގެން ދާނީ ހަމައެކަނި ރާއްޖޭގައި ނަންވިދާލާ ސިޓީއަކަށް ނޫންކަމަށެވެ. އަދި މި ސިޓީ އަކީ ދުނިޔޭގައި ވެސް ނަންވިދާލާ ނަމޫނާ ސިޓީއަކަށްވެގެން ދާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި ފެށެނީ ދިވެހީންގެ ރަށްވެހިކަމުގެ މުޅިން އައު ޒަމާނެއް ކަމަށާއި ރަސްމާލެއާއި ގުޅިފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީން ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *