Search Streamline Icon: https://streamlinehq.com

ތުރުކީން ދޭ 30 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

PptD94B.pptm [Autosaved]

ތުރުކީވިލާތުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ 30 ފުރުސަތަށް ކުރިމަތިލުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ތުރުކީވިލާތުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ 30 ފުރުސަތަށް ހުޅުވާލިއިރު، މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މި ސްކޮލަޝިޕްއަށް ޝައުޤުވެރިވާ ފަރާތަކުން އަންނަ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުގެ 13:30އާ ހަމައަށް ”މައިއެޑިޔު“ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އަދި މިސްކޮލަރޝިޕްގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ތުރުކީން ދޭ މިސްކޮލަރޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ ޓްރޭނިންގ ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލަރސް ޑިގްރީ އާއި 10 މާސްޓަރ ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *