Search Streamline Icon: https://streamlinehq.com

މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ، ހުކުރު ކުރައްވާނީ މިނިސްޓަރު ޝަހީމް

GBDYd60aUAAyYBj

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދު މިއާމުވެ، ހުކުރު ކުރައްވާނީ‎ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިމާމުވެ، މިއަދު ހުކުރު ކުރައްވާއިރު، މިއަދު ވިދާޅުވާން ހަމަޖެހިފައިވާ ހުކުރު ޚުޠުބާގެ މައުޟޫޢުއަކީ ‎“ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން“އެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކުރައްވައި، ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކުރައްވައިގެން ހުންނެވި ޢިލްމީ ޤާބިލު ބޭފުޅެކެވެ.

އައު ސަރުކާރުގެ އިސްލާމީ ކަންކަމާއި ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި މިނިސްޓަރު ޑރ. ޝަހީމް ގެންދަވަނީ ވަރަށް ހީވާގިކަމާއިއެކުގައި މަސައްކަތް ކުރައްވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *