Search Streamline Icon: https://streamlinehq.com

ފާއިތުވެ ދިޔަ 72 ގަޑިއިރުގެ ތެރޭ، ޔަހޫދީ 25 ސިފައިން މަރާލާ، 41 ވެހިކަލް ގޮއްވާލައިިފިން: އަބޫ އުބައިދާ

67190753

ހަ،މާސް މުޖާހިދުން އަދި އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާއާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހަމާސް މުޖާހިދުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ޔަހޫދީންގެ އެތަކެއް ސިފައިނެއް މަރާ، އެމީހުންގެ އެތައް ވެހިކަލްތަކަކަށް ހަމަލާދީ ދަނީ ހަލާކުކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ހަމާސް މުޖާހިދުންގެ އަސްކަރިއްޔާގެ ތަރުޖަމާން އަދި ކޮމާންދަރ އަބޫ އުބައިދާ ވިދާޅުވެފައިވަނީ ފާއިތުވެ ދިޔަ 72 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ 25 ސިފައިން މަރާލާ. އެތައް ސިފައިންނެއް ޒަޚަމްކޮށްލުމުގެ އިތުރުން، އެމީހުންގެ 41 ވެހިކަލަކަށް ހަމަލާދީ ގޮއްވާލާފައިވާކަމަށެވެ. މީގެ އިތުރުން އަބޫ އުބައިދާ ވިދާޅުވީ ޔަހޫދީ ސިފައިންނާއި އެކު، ދެ ޓަނެލްއަކާއި ގެއެއް ގޮއްވާލާފައިވާނޭ ކަމަށެވެ. އަދި މިނޫނަސް އިތުރު ބޮޑެތި ގެއްލުންތަކެއް ޔަހޫދީންނަށް ދެމުން އަންނަކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އަބޫ އުބައިދާ ވިދާޅުވީ ޔަހޫދީންނާއި ހަމާސް މުޖާހިދުން ކުރިމަތިލަމުން ދަނީ ޒީރޯ ރޭންޖުގައި މިސައިލްތަކާއި އެންޓި ފޯޓިފިކޭޝަން ޑިވައިސްތަކައް ބޭނުންކޮށްގެން ކަމަށެވެ. އަދި ޔަހޫދީންނާއި ދެކޮޅަށް ސްނައިޕަރ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *