Search Streamline Icon: https://streamlinehq.com

ޚުތުބާކިޔާ މީހާ ފެންނާނެހެން އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ބަހައްޓަނީ

PptD94B.pptm [Autosaved]

ހުތުބާކިޔާ މީހާ ފެންނާނެހެން އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ބެހެއްޓުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ހުކުރު ނަ،މާދަށް ފަހު އެކްސް ގައި ކުރެއްވެވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގައި ހުރިހައި ފަންގިފިލާ ތަކަށް އިމާމު ނުވަތަ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތަށް ހުރިހާ ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރަން ނިންމާފައިވާކަމަށެވެ.

”އިސްލާމީ މަރުކަޒުގަ ހުރިހައި ފަންގިފިލާ ތަކަށް އިމާމު/ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތައް ހުރިހައި ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރާ ގޮތައްވަނީ ނިންމާފަ. އިންޝާ ﷲ ވަރަށް އަވަހަށް މަސައްކަތް ފަށާނެ.“ މިނިސްޓަރ ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޝަހީމް ވިދާޅުވީ ހުތުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެކަމެެއްކަމަށާއި، އެކަމުގެ ސަބަބުން ހުތުބާ އަޑު އަހަން އިތުރު ސަމާލުކަން ދޭނެކަމަށެވެ. އަދި އިޝާރާތުގެ ބަހުން ސްކްރީނުން ފެންނާނެކަމަށާއި އޭރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުތުބާ ބުނެދެވޭނެކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *