ސްކޫލް ޗުއްޓީ ދުވަސްވަރު ، ސްކޫލުގައި ކިޔަވާ ދަރިވަރުން، އެކުދިންގެ ބޮލުގެ އިސްތަށިގަނޑުގައި އެކި ކުލަޖައްސާ، އިސްތަށިގަނޑު އެކި ފެޝަންތަކަށް ކޮށާ އެދުމަކީ ތަރުބިއްޔަތެއް ނޫންކަމަށާއި އެއީ އިސްލާމް ދީނުގައިވެސް މަނާކަމެއްކަމަށް މަޝްޙޫރު ދީނީ އިލްވެރިޔާ ޝައިޚް އަކީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ސްކޫލް ކުދިންގެ ޗުއްޓީ ފެށިފައިވާއިރު، އެ ޗުއްޓީތެރޭގައި ކުދިންގެ އަޚްލާޤު ބަހައްޓަން ޖެހޭގޮތާއި މެދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚް އަލީ ޒާހިރު ވިދާޅުވީ ޗުއްޓީ ދުވަސްވަރު ސްކޫލުތަކުގައި ކިޔަވާ ދަރިންގެ އިސްތަށިގަނޑުގައި އެކި ކުލަޖައްސާ އެކި ކަހަލަ ފެޝަންތަކަށް އިސްތަށިގަނޑު ކޮށުމަކީ ރަނގަޅު ތަރުބިއްޔަތެއް ނޫންކަމަށެވެ. އަދި ބޮލުގެ ބައެއް ބާލާފަ އަނެއްބައި ބެހެއްޓުން އެއީ އިސްލާމް ދީނުގައި ހުއްދަކެއް ނޫންކަމަށް ޝައިޚް ވިދާޅުވިއެވެ.
“ ޗުއްޓީ ދުވަސްވަރު ސްކޫލުތަކުގައި ކިޔަވާ ދަރިންގެ އިސްތަށިގަނޑުގައި އެކި ކުލަޖައްސާ އެކި ކަހަލަ ފެޝަންތަކަށް އިސްތަށިގަނޑު ކޮށުމަކީ ރަނގަޅު ތަރުބިއްޔަތެއް ނޫންކަމަށެވެ. އަދި ބޮލުގެ ބައެއް ބާލާފަ އަނެއްބައި ބެހެއްޓުން އެއީ އިސްލާމް ދީނުގައި ހުއްދަކެއް ނޫން.“ ޝައިޚް ވިދާޅުވެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކުގެ ދަރިވަރުންނަށް ރިޕޯޓުފޯމް ދިނުމަށް ފަހު 17 ދުވަހުގެ ޗުއްޓީއެއް ވަނީ ލިބިފައެވެ. މި ޗުއްޓީ އެންމެ ހެޔޮގިތުގައި ބޭނުންކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވަމެވެ. ޚާއްސަކޮށް މާތްވެގެންވާ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށް ހުރިހާ ކުދިންނަށްވެސް ނަސޭހަތްތެރިވަމެވެ.









