މޫނު ބުރުގާ އަޅައިގެން ޕަބްލިކްގައި ޑީޖޭ ޖައްސަން އުޅެނީ، އެއީ މޫނު ބުރުގާއާއި މެދު ނަފްރަތު އުފައްދަންކަމަށް މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މޫނު ބުރުގާ އަޅައިގެން ޑީޖޭ ލަވަ ޖަހައި އެލަވައަށް މޫނު ބުރާ އަޅައިގެން ހުރި އަންހެންކަނބަލަކު ނެށިކަމަށް ބުނާ މައްސަލައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ މި ދަނޑިވަޅުގައި އެކަމާއި ގުޅިގެން ޝައިޚް ކުރެއްވި މި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ މޫނު ބުރުގާ އަޅައިގެން ޕަބްލިކްގައި ޑީޖޭ ޖައްސަން އުޅެނީ، އެއީ އަސްލު މޫނު ބުރުގާ އަޅާ މީހުން ނޫންކަން ޔަގީނަށް ބުނަންކެރިދާނެކަމަށާއި އަދި އެގޮތަށް އެކަން ކޮށްފައިއެވަނީ އެއީ މޫނު ބުރުގާއާއި މެދު ނަފްރަތު އުފައްދުވައި، އެއްޗެތި ކިޔުއްވަން ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެއީ ލަދުވެތިކަމެއް ނެތް ބައެއްކަމަށާއި އެއީ ދެރަކަންކަންކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.
“ މޫނު ބުރުގާ އަޅައިގެން ޕަބްލިކްގައި ޑީޖޭ ޖައްސަން އުޅެނީ، އެއީ އަސްލު މޫނު ބުރުގާ އަޅާ މީހުން ނޫންކަން ޔަގީނަށް ބުނަންކެރިދާނެ. އަދި އެގޮތަށް އެކަން ކޮށްފައިއެވަނީ އެއީ މޫނު ބުރުގާއާއި މެދު ނަފްރަތު އުފައްދުވައި، އެއްޗެތި ކިޔުއްވަން ލަދުވެތިކަމެއް ނެތް ބައެއް. ދެރަކަންކަން.“ ޝައިޚް އަލީ ޒައިދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.









