އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކާއި ގުޅިގެން ރަތްކަނޑުގެ ސަރަހައްދުން ދަތުރުކުރާ އިސްރާއީލާއި އިސްރާއީލަށް ތާއީދުކުރާ ގައުމުގެ ބޯޓުތަކަށް ޔަމަނުގެ ހޫތީން ދެމުން ގެންދާ ހަމަލާތަށް ހުއްޓުވުމަކަށް ގެނެސްދިނުމަށް އީރާނުގެ ކިބައިން އެމެރިކާ އިން އެދިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިރާނާއި ހަވާލާދީ މީޑިއާ ޚަބަރުތައް ބުނާގޮތުގައި އެމެރިކާއިން އިރާނުގައި އެދިފައިވަނީ ރަތްކަނޑުގެ ސަރަހައްދުގައި އިސްރާއީލުގެ ބޯޓުތަކަށް ހޫތީން ދެމުން ގެންދާ ހަމަލާތައް ހުއްޓުވައިދިނުމަށާއި އެ ސަރަހައްދުން ސަލާމަތާއި ރައްކާތެރިކަމާއި އެކު ދަތުރުކުރެވޭނޭ ގޮތް ހަދައިދިނުމަށެވެ. އަދި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތަށް ފުށުއަރާ އުސޫލުތަކާއި ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ޔަމަނަށް ނަސޭހަތްތެރިވުމަށް ވެސް އެމެރިކާއިން އެދިފައިވެއެވެ.
މިކަމާއި ގުޅިގެން އިރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ވިދާޅުވީ ހޫތީން ރަތްކަނޑުގައި އިސްރާއީލުގެ ބޯޓުތަކާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކަކީ އީރާނުން ބުނެގެން އަދި އީރާނުގެ ބައިވެރިވުމެއް އޮވެގެން ދެމުން ގެންދާ ހަމަލާތަކެއް ނޫންކަމަށާއި އެކަމާއި އިރާންގެ ސަރުކާރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަމަށް އެމެރިކާއަށް ބުނެފައިވާނޭކަމަށެވެ. އަދި ހޫތީންގެ މި ހަމަލާތައް ހުއްޓާލުމަށް އީރާނުން ނުބުނާނޭކަމަށް ވެސް އޭނާ ވިދަޅުވެފައިވެއެވެ.
ރަތްކަނޑުން ދަތުރުކުރާ އިސްރާއީލުގެ ބޯޓުތަކަށް ހޫތީން މެދު ނުކެނޑި ހަމަލާތައް ދެމުން އަންނައިރު، ހޫތީން ވަނީ އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގާހާ ދުވަހަކު ހަމަލާތައް ދިނުން ހުއްޓާނުލާނޭ ކަމަށް ބުނެފައެވެ.










1 ކޮމެންޓް
V.rangalhu ninmumeh..