އޮޑިޓާ ޖެނެރަލް އޮފީހުގެ މި އަހަރުގެ އަހަރީ އޮޑިޓްކުރާނެ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއުލާނުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކުރި އިއުލާނުގައިވާ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުގެ މި އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓާސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފާމަކަށެވެ.
އޮޑިޓް އޮފީސް އޮޑިޓްކުރާނެ ފަރާތެއް ކަނޑައަޅާނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޕްރީބިޑް މީޓިން ބާއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައެވެ.
އަދި ބީލަން ހުށަހަޅަން ޖެހެނީ ޖެނުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.









