Search Streamline Icon: https://streamlinehq.com

ނޫސްތައް ބްލޮކްކޮށްލުމަކީ ކަނޑައެޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް މި ސަރުކާރުން ކުރި ކަމެއް: ނިޔާޒު

74mABRSh4d6Qio7rzZyd

ނޫސްތައް ބްލޮކްކޮށްލުމަކީ ކަނޑައެޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް މި ސަރުކާރުން ކުރި ކަމެއް ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ނޫސްތައް ބްލޮކްކޮށްލުމަކީ ކަނޑައެޅިގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް މި ސަރުކާރުން ކުރި ކަމެއް ކަމަށާއި މި ޒަމާނުގައި ރަޖިސްޓްރީނުކޮށް ވެސް މީޑިއާ ހިންގޭކަން އެއީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ.

ނިޔާޒް ވިދާޅުވީ ސަރުކާރާ ގުޅޭގޮތުން އެކި ލިއުންތައް ޝާއިއުކުރާ ވެބްސައިޓެއްކަމަށްވާއިރު، ހިޔާލު ފާޅުކުރުމަކީ ރަޖިސްޓްރީކޮށްގެން ކުރަން އޮންނަ ކަމެއް ނޫންކަމަށެވެ. އަދި އެއީ ވަކި ފާހެއް އޮވެގެން ކުރެވޭ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ނިޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރަށް އަދި މަހެއް ފުރުނުއިރު ފެންނަމުން މިދަނީ ޤައުމު ނުބައި މިސްރާބަކަށް ދާ މަންޒަރު ކަމަށާއި މިއީ އެމްޑީޕީން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ދައްކަމުންދިޔަ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

ރާއްޖޭގައި ޚަބަރު ފެތުރުމުގައި ހަރަކާތްތެރިވާ ”ކުރުސީ.ކޮމް“ އަދި ”ދިޔަވަރު.ކޮމް“ ބްލޮކް ކުރުމާ ގުޅިގެން އާންމުންނާ ކުރީގެ ސަރުކާރުތަކުގެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ފާޑު ކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މީޑިއާ ކައުންސިލުގެ ޤާނޫނުގައި ވެސް ބަޔާންކޮށްފައިވާ ގޮތުން  ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮންގެންނާއި ރަޖިސްޓްރީ ނުކޮށްވެސް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލުފާޅުކުރުމަށް ނޫސް ހިންގޭނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *