Search Streamline Icon: https://streamlinehq.com

އިސްދޫ ފަޔާޒު، ދާއިރާގެ ހަތަރު ރަށަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ ޕާކު ފެސިލިޓީސް ހަދިޔާކޮށްފި

Isdhoo fayas

އިސްދޫ ރަންދޯދި ޢަބްދުﷲ ފަޔާޒް ލ.އަތޮޅު އިސްދޫ ދާއިރާގައި ހިމެނޭ ހަތަރު ރަށަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮމިއުނިޓީ ޕާކު ފެސިލިޓީއާއި، ކުޑަކުދިންގެ ޕާކު ފެސިލިޓީ ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ހަދިޔާކުރައްވައިފި އެވެ.

ފަޔާޒު ވަނީ ހައްދުންމަތީ އިސްދޫ އާއި ކަލައިދޫގެ އިތުރުން ދަނބިދޫއާއި މާބައިދޫގައި މި ފެސިލިޓީސް ޤާއިމުކުރުމަށް އެރަށްރަށުގެ ކައުންސިލަށް މިތަކެތި ހަވާލު ކުރައްވާފަ އެވެ.

”ފެންވަރު އޮންލައިން“ އަަށް މަޢޫލޫމާތު ދެއްވަމުން ޢަބްދުﷲ ފަޔާޒް ވިދާޅުވީ ހައްދުންމަތީ އިސްދޫ، ކަލައިދޫ، ދަނބިދޫ އަދި މާބައިދޫ ރައްޔިތުންނަށް ކޮމިއުނިޓީ ޕާކު ފެސިލިޓީއާއި، ކުޑަކުދިންގެ ޕާކު ފެސިލިޓީ ހަދިޔާކުރައްވާފައިވާކަމުގަ އެވެ.

”އިސްދޫ ދާއިރާގައި ހިމެނޭ އިސްދޫ ކަލައިދޫ ދަނބިދޫ އަދި މާބައިދޫއަށް ކޮމިޔުނިޓީ ޕާކު ފެސިލިޓީއާއި، ކުޑަކުދިންގެ ޕާކު ފެސިލިޓީ މިހާރު ވަނީ ހަދިޔާކުރެވިފަ. ހަތަރު ރަށުގެ މި ފެސިލިޓީސްއަށް ބޭނުންވާ ތަކެތީގެ އަގު މިލިޔަނަކަށް ވުރެ މަތީގަ އުޅޭނީ. ސީދާ އަދަދު ދަންނަވަން މިވަގުތު ދަތި. ސާފުކޮށްލާފަ ދަންނަވާނަން.“ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި އިސްދޫ ދާއިރާއަށް ވާދަކުރައްވާ ޢަބްދުﷲ ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ މި ދާއިރާގެ ކުރިމަގު އުޖާލާކުރުމަށް ކުރެވެންހުރި ހުރިހައިކަމެއް ކޮށްދެއްވާނެކަމުގައެވެ.

ކަލައިދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ލ.އިސްދޫ ރަންދޯދި ޢަބްދުﷲ ފަޔާޒް ކަލައިދޫ ރައްޔިތުންނަށް މިތަކެތި ހަދިޔާ ކޮށް ދެއްވި ކަމަށްޓަކައި ކަލައިދޫ ރައްޔިތުންގެ ނަމުގައި ފަޔާޒަށް ޝުކުރު ދަންނަވާ ކަމުގަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *