Search Streamline Icon: https://streamlinehq.com

ކޮވިޑުގެ އާ ވޭރިއެންޓެއް ފެތުރޭތީ، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

280117 3 217f6d07634c447c917a26070982e5fe92232a2d large

ކޮވިޑުގެ އާ ވޭރިއެންޓު ފެތުރޭތީ، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރާނެތީ ބައްޔާ މެދު ސަމާލުވާން އެދޭ ކަމަށެވެ. އެއާ އެކު، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ރޯގާޖެހި ހުންއަިސް ރަނގަނުވެ ގިނަ ދުވަސް ވާނަމަ ލަސްނުކޮށް ޑޮކްޓަރުންގެ ލަފާ ހޯދުމަށާއި އަދި ވީހާވެސް ބޮޑަށް އެހެން މީހުންނާއި އެކަހެރި ވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަށް ބޭސްކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުމަށާއި މި ވެކްސިން ޖެހުމުން ބަލި ޖެހުނު ކަމުގައި ވިޔަސް ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ ކަމަށް އެޗްޕީޢޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މަހުގެ ތެރޭގައި ކޮވިޑްގެ އާ ވޭރިއެންޓު، JN.1 ދުނިޔޭގެ އެހެން ގައުމުތަކުގައި ފެތުރި، އިތުރުވެފައިވެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *