Search Streamline Icon: https://streamlinehq.com

ހައްޖު ކޯޕަރޭޝަނާ ހައްޖު ކޯޓާ ހަވާލު ކުރުމުގެ އެމް.އޯ.ޔޫގައި ސޮއިކޮށްފި

Original

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ހައްޖު ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ހައްޖަށް ދިއުމުގެ އަގު މިހާރަށްވުރެ ކުޑަ ކުރުމުގެ މަސައްކަތްތައްވެސް ހައްޖު ކޯޕަރޭޝަނުން ކުރަމުން ގެންދާ ކަން ވަޒީރު ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، ހައްޖު ކޯޓާ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމި މަޤްސަދަކީ، އެއްވެސް ވަރަކަށް ހައްޖަށް މީހުން ގެންދާ ގުރޫޕްތަކަށް އުނދަގޫ ކުރަން ނޫން ކަމަށާއި، ހައްޖު ކޯޓާ ނު އަގުގައި ވިއްކާ އޭގެ ސަބަބުން ދަތިތައް ރައްޔިތުންނަށް ކުރިމަތިވާތީ، އެކަން ހައްލުކުރުމަށް ކަމަށްވެސް ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިއާއެކު ޝަހީމް ވިދާޅުވީ، ހައްޖު ފަންޑު ތަރައްގީކޮށް، އިސްލާމީ ވުޒާރާއިން ހައްޖު ކޯޕަރޭޝަންއާއި ގުޅިގެން މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވަރެއް ކަމަށާއި އެކަން ހާސިލް ކުރުމަށް ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިލައްވާ އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރުވެސް އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޝަކީލް ވިދާޅުވީ، އެއްބަސްވުމުގައި މިއަދު ސޮއި ކުރެވުނު ނަމަވެސް އިސްލާމިކް މިނިސްޓްރީއާއެކު މަޤާމަށް އައްޔަނު ކުރެވުނު ދުވަހުން ފެށިގެން މަސައްކަތް ކުރަން ފަށާފައިވާނެ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *