Search Streamline Icon: https://streamlinehq.com

ފެނަކައިން ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލީ ޕޭރޯލް ކުޑަކުރަން މަޖުބޫރުވުމުން: މުއާޒް

Dsc7088

ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން މަޖުބޫރުވި ސަބަބަކީ ކުންފުނީގެ ޕޭރޯލް ކުޑަކުރުމަށް މަޖުބޫރުވެގެން ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއާޒް ވިދަޅުވީ ފެނަކަ ކުންފުނިން މުސާރަ އަށް ކުރާ ހޭދަ ކުޑަނުކޮށް ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށާއި އެގޮތުން ބޮޑުތަނުން ޕޭރޯލް ކުޑަކުރަން ޖެހޭކަމަށެވެ. އަދި ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން މަޖުބޫރުވި ސަބަބަކީ ވެސް އެީކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ކުންފުނީގެ ޕޭރޯލް ކުޑަނުކޮށް ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށާއި އެގޮތުން ޕޭރޯލް ކުޑަކުރަން ކޮންމެހެން ވެސް މަޖުބޫރުކަމަށެވެ. އަދި ކޮންޓްރެކްޓަށް މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިންގަމުންދާ ޕްރޮޖެކްޓްތަކެއް ވެސް ނޫން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

“ ކުންފުނީގެ ޕޭރޯލް ކުޑަކުރަން އަޅުގަނޑުމެންނަށް ކޮންމެހެން ވެސް މަޖުބޫރު. ޕޭރޯލް ކުޑަނުކޮށް އަޅުގަނޑުމެންނަށް މި ކުންފުނި ސަލާމަތެއް ނުކުރެވޭނެ،“ މުއާޒު ވިދާޅުވި އެވެ.

މުއާޒު ވަނީ އާ މެނޭޖްމެންޓުން މިހާތަނަށް ކުރި މަސައްކަތުން ވެސް ޕޭރޯލުން 5 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. ކުންފުނީގެ ހާލަތު މިހާ ހިސާބަށް ދިޔުމުގައި ހުރިހާ ދިމާލަކުން ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެކަންކަމާ ގުޅޭ އޮޑިޓެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *