Search Streamline Icon: https://streamlinehq.com

މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް: ޝިޔާމް

261d4cd2 59b3 4f21 bfca 9593797d737a qhf9wxc5cns647buih3knynnfw01e3fscckwvyqhzc

ރާއްޖޭގެ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު މި ދާއިރާ ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު މި ދާއިރާ ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ.

އެގޮތުން މަސްވެރިކަން ތަރައްޤީކުރުމަށް ޚާއްޞަ ޙާއްސަ ކޮލެޖެއް ޤާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށާއި މިކަން ސަރުކާރުގެ ހަފްތާ14 ގައިވެސް ވަނީ ހިމަނުއްވަފައިކަމަށް ޝިޔާމް ވިދަޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގައި ވަރަށް މުހިންމު ދައުރެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާއިރު މި ދާއިރާ ތަރައްޤީކުރެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. މަސްވެރިކަމާއި ބެހޭ ޤާނޫނުގައި މަސްވެރިކަން ތަރައްޤީކުރުމަށް ތަމްރީން ދިނުން ކަނޑައަޅުއްވާފައިވާއިރު މި ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މިކަމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ތަޢުލީމާ ތަމްރީންދޭ ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިޤްތިޞާދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި މި ކޮލެޖް ވެގެންދާނީ މިކަމަށް މަގު ފަހިވެގެންދާނެ ތަނަކަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ކޮލެޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *