Search Streamline Icon: https://streamlinehq.com

ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަޤާމަށް ކާނަލް މުޙައްމަދު ސަލީމް.

Original

އެމްއެންޑީއެފް ކޯސްޓުގާޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަނެއްކާވެސް ކާނަލް މުހައްމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވާކަން އެމްއެންޑީއެފުން ވަނީ އެ އިދާރާގެ ރަސްމީ ޓުވިޓާ އެކައުންޓްގައި އިއުލާނުކޮށްފައެވެ.

ސްޓުގާޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް ކާނަލް މުހައްމަދު ސަލީމް އައްޔަނު ކުރައްވައި މަގާމުގެ ލިޔުން ސަލީމްއާ ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލިއުޓަނަންޓު އަބްދުއްރަހީމް އަބްދުއްލަތީފްއެވެ.

ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމަށް ސަލީމް އައްޔަން ކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ކާނަލް މުހައްމަދު ސަލީމްއަކީ މީގެ ކުރިން ވެސް ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *