Search Streamline Icon: https://streamlinehq.com

މިހާރު ރާއްޖެ މިދަނީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ވަރަށް ބިރުވެރި، ނާމާން މިސްރާބަކަށް: މީކާއީލް

270319 3 321402a981f814498e963a29bdf9c8e28993ecfe

މިހާރު ރާއްޖެ މިދަނީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ވަރަށް ބިރުވެރި، ނާމާން މިސްރާބަކަށް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް ނޫސް ވެބްސައިޓްތައް ބްލޮކް ކުރުމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ މިހާރު ރާއްޖެ މިދަނީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ވަރަށް ބިރުވެރި، ނާމާން މިސްރާބަކަށް ކަމަށާއި މަޖިލީހުގެ މެންބަރުން އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ގާތުގައި ވީ އެންމެ ބޮޑު ވައުދަކީ ޕާޓީ ބަދަލު ނުކުރުން ކަމަށެވެ.

މީކާއީލް ވިދާޅުވީ ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ އެންމެ ފުރަތަމަ މަހު ވެސް މެމްބަރުންނަށް ރިޝްވަތުދީ މެމްބަރުން ގަތުމުގެ މި ހަޑިމުޑުދާރު ކުޅިވަރު ކުޅެން ފަށާފައިވާ ކަމަށާއި މި ރައްޔިތުންގެ މަޖިލިސް ހަރާބުގެ މަގަށް ގެންދިއުމުގެ ހަޑި މުޑުދާރު ކުޅިވަރު ފައްޓަވައިފި ކަމުގެ މަލަމަތި ވެސް ޑރ. މުއިއްޒު ދައްކަވައިފިކަމަށެވެ.

”ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ އެންމެ ފުރަތަމަ މަހު ވެސް މި ހަޑިމުޑުދާރު ކުޅިވަރު. މެންބަރުން ގަނެ ވިއްކާ. މި ރައްޔިތުންގެ މަޖިލިސް ހަރާބުގެ މަގަށް ގެންދިއުމުގެ ހަޑި މުޑުދާރު ކުޅިވަރު ފައްޓަވައިފި ކަމުގެ މަލަމަތި ވެސް އެ މަނިކުފާން ދައްކަވައިފި،“ މީކާއީލް ވިދާޅުވިއެވެ

އެހެން ނަމަވެސް މެންބަރުން ގަތުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް މީކާއީލް ތުހުމަތު ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މަޖިލިސް މެންބަރުން ގަތުމަށް ސަރުކާރުން ރިޝްވަތު ހުށަހަޅަމުންދާ ކަމުގެ ބޮޑު ތުހުމަތު ކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު ތިބި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވަނީ ހަތަރު މެންބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ދެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން އެބަތިއްބެވެ. ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭ ވަރަށް މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގައެވެ. އެއީ 56 މެންބަރުންނެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވާކަމުގެ އަޑުތައް މިވަނީ ވަރަށް ގަދަވެފައެވެ. އަދި މިރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް ޕީއެންސީއިން ދަރުބާރުގޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިރޭ ސޮއި ކުރާނެކަން ވަނީ އެނގިފައެވެ.

 

ގުޅޭ ޓެގް:

1 ކޮމެންޓް

  1. ދުސްތޫރީގޮތުން މިރާއްޖެ ދާންވީ ކޮން މިސްރާބަކަށްތޯ؟ އޮއިވަރު ބަދަލުވުމުގެ ސަބަބުން، ތިމާމެންނާދިމާލަށް ހުރިހާއެއްޗެއް މިހާރު ލައްގާގޮތް ނުވަނީތޯ؟ ތިޔައީ ދުސްތޫރޭކިޔައިގެން (އެހެންމީހުންނަށް)ވާހަކަ ކިޔައިދެވޭވަރުގެ ބައެއްނޫން.

Leave a Reply

Your email address will not be published. Required fields are marked *