Search Streamline Icon: https://streamlinehq.com

މި ސަރުކާރުން ބޯހިޔާވަހިމުގެ މަޝްރޫ ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ކުރިޔަށް ގެންދާތީ އެމްޑީޕީ މެމްބަރުން ކަންބޮޑުވޭ: ސިރާޖް

PptD94B.pptm [Autosaved]

މި ސަރުކާރުން ބޯހިޔާވަކިމުގެ މަޝްރޫއު ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ކުރިޔަށް ގެންދާތީ އެމްޑީޕީ މެމްބަރުން ކަންބޮޑުވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހުރިހާ ޕްރޮޖެކްޓް ތަކެއް ވެސް ބާރު ސްޕީޑުގައި ކުރިޔަށް ދާނޭކަމުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ސިރާޖް ވިދާޅުވީ ރަސްމާލެ ހިއްކަނީ ދައުލަތުން އެއްވެސް ޚަރަދެއް ނުދާގޮތަށް މުޅިން ހިލޭ ކަމަށާއި މި މަސައްކަތް ކުރިޔަށް މި ގެންދަނީ މިކަމުން ދައުލަތައް އެންމެ ފައިދާވާނޭ ގޮތަށް ބަލައިގެން ކަމަށެވެ. އަދި މިކަމާއި އެމްޑީޕީ މެމްބަރުން ކްނަބޮޑުވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

މި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަކިކަން ކަށަވަރުކޮށްދޭނޭ ކަމަށާއި ރައީސް މުއިއްޒު ވައުދުވެފައި އޮތްގޮތަށް ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަކަމުގެ ހައްލު ހޯދައިދެއްވާނޭ ކަމަށެވެ. ‏ރައީސް ޑރ. މުޙައްމަދު ⁦‪މުޢިއްޒުގެ ސަރުކާރުން، އެމަނިކުފާނު⁩ ވައުދު ވެފައިވާގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވެހިކަމުގެ ހައްލު ހޯދައިދޭނޭކަމަށް ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ އެމްޑީޕީ ސަރުކާރަށް ބަލާއިރު، މިފަދަ ކަންކަން ކޮށްފައި ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި އެގޮތުން ތިލަފުށި ހިއްކަން 10 ހެކްޓަރުގެ ބިން ހުޅުމާލެއިން ދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް 20 މިލިއަން ޑޮލަރު އެކަމަށް ހޭދަކުރިކަމަށާއި ތިލަފުށިން ހިއްކާފައިވަނީ އެންމެ 90 ހެކްޓަރުގެ ބިންކަމަށް ސިރާޖް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ހިއްކަން މަސައްކަތް ކުރަނީ 1153 ހެކްޓަރުގެ ބިންކަމަށާއި މިއީ ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދު ނުވާގޮތަށް ހިލޭ ހިންގާ މަޝްރޫއެއް ކަމަށް ސިރާޖް ވަނީ ވިދާޅުވެފައެވެ.

ޔަގީންކަން އަރުވާކަމަށެވެ. އަދި މިއީ މި ސަރުކާރަށް ކުރިޔަށް އޮތް އިންތިޚާބުތައްވެސް ފަސޭހަކަމާއި އެކު ކާމިޔާބު ވެގެން ދާނޭ ސަބަބެއް ކަމުގައިވެސް ސިރާޖް ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *