Search Streamline Icon: https://streamlinehq.com

އައު އަހަރު ފާހަގަކުރުމަށްޓަކައި “ދިވެހީންގެ ރާއްޖެ ފެސްޓިވަލް” އެއް ބާއްވަނީ

Big MWZybopRYVvW2RTAUMuW9hJvF

އައު އަހަރު ފާހަގަކުރުމަށްޓަކައި “ދިވެހީންގެ ރާއްޖެ ފެސްޓިވަލް” އެއް ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިބްރާހިމް ވަހީދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އައު އަހަރު ފާހަގަކުރުމަށްޓަކައި ބާއްވަނީ މިއުޒިކް ޝޯއެއްކަމަށެވެ. ނަމަވެސް އެހެންއަހަރު ތަކާއި ހިލާފަށް މިހައަހަރު އައު އަހަރު ފާހަގަކުރުމަށްޓަކައި ބާއްވަނީ ފެސްޓިވަލްއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖެ ފެސްޓިވަލްގެ ތެރޭގައި މިއުޒިކް ޝޯއެއްވެސް ހިމަނާފައިވާ ކަމަށާއި އަދި އޭގެއިތުރުން ލޭޒާ ޝޯއެއްވެސް ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ފެސްޓިވަލްއިން ދިވެހި އާޓިސްޓުންނާއި، އެކި ހުނަވެރި ފަންނާނުންނަށް އެ މީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވެސް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.

އައު އަހަރު ނިންމުމަށްޓަކައި ފެސްޓިވަލްގެ އިތުރުން މިމަހުގެ 31 ވަނަ ދުވަހު ކުޑަކުދިންނަށް ހާއްސަ އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ދެ ހަރަކާތެއް އަޅުގަނޑުމެން ކުރިޔަށް މިގެންދަނީ، އެއްކަމަކީ އަހަރު ނިންނާ ނިންމުމަށް އަޅުގަނޑުމެން ބާއްވާ އިވެންޓެއް. އެއީ ކުޑަކުދިންގެ އާއިލީ ހަވީރެއް.” މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަހަރު ނިމުން ފާހަގަކުރުމަށް އެންމެ ފުރަތަމަ ސަރުކާރުން ކުރަން ނިންމާފައިވާ ކަމަކީ ކުޑަކުދިންގެ އާއިލީ ހަވީރު ކަމަށާއި އޭގެ ފަހުން ލޭޒާ ޝޯ އާއި ހަވާއެރުމުން ފެސްޓިވަލް ފެށިގެންދާނެ ކަމަށެވެ. އަދި ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024 އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *