Search Streamline Icon: https://streamlinehq.com

އެމްޑީޕީން ކުރާކަމަކީ ދޮގު ވިއްކުން، އެނޫންކަމެއް ނުކުރޭ: ރައީސް

GCctzE4bQAA8ZAO

ދޮގު ހެދުމާއި ދޮގު ފެތުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ދޫކޮށް ޕީއެންސީއާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރަކު ގުޅުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދޮގު ހެދުމާއި ދޮގު ފެތުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާ ކަމަށާއި އެއީ ކިޔާނެ އެހެން އެއްޗެއް ނެތުމުން ކުރާކަމެއްކަމަށް ވެދާނޭކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅިފަޅުން ދޫކުރި ގޯތިތައް ”ރަސްމާލެ“ އަށް ބަދަލުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ދޮގުތަކެއް ފަތުރަމުންދާ ކަމަށާއި ނަމަވެސް މިކަމަކީ ސަރުކާރުން އެއްވެސް ވަރަކަށް ކުރަން މަޝްވަރާ ވެސް އަދި ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި މި ސަރުކާރުން ކުރާނެ ކަމަކީ ގުޅީފަޅާއި ގިރާވަރުފަޅު މިހާރަށް ވުރެ ބޮޑު ކުރުން ކަމަށާއި މިހާ ސާފުކޮށް އޮތް ކަމެއްވެސް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

”މިގޮތަށް ދޮގު ހެދުން ނޫން ކަމެއް، ސޯޝަލް މީޑިއާގައި ވެސް އަދި މެއިންސްޓްރީމް މީޑިއާގައި ވެސް، ދޮގު ނޫން ކަމެއް ނެތް ފެތުރުމެއް. އެއީ ތިމަންނާމެންނަށް ވިއްކާނެ އެއްޗެއް ނެތުނީމާ ވާގޮތެއް ކަމަށް ވެދާނެ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިބެންޖެހޭ ކަމަށާއި ތަކުރާރުކޮށް ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ބަދަލުގައި ސަރުކާރުން ސާފުކޮށް ދައްކާ ވާހަަކަތައް ރައްޔިތުން ގަބޫލުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. އެގޮތުން ގެދޮރުގެ މައްސަލަ ސަރުކާރުން ވީ ވައުދާ އެއްގޮތަށް އަކުރުން އަކުރުން ރަނުން ރަނަށް ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *