Search Streamline Icon: https://streamlinehq.com

ފާރެއް ވެއްޓި ދަތުރު ގޮސް އުޅުނު ބަޔަކަށް އަނިޔާތަކެއް ވެއްޖެ

414680327 293930876991594 7826782240239140143 n

ފާރެއްވެއްޓި، ދަތުރުގޮސް އުޅުނު ބަޔަކަށް އަނިޔާވެއްޖެއެވެ.

ފާރެއްޗެއްޓި ދެ މީހަކަށް އަނިޔާވެފައިވާއިރު، އެމްއެންޑީއެފް އިން ވަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ޅ.ދިއްފުށިމާދޫއަށް ދަތުރު ގޮސް އުޅުނު 57 އަހަރުގެ އަންހެނަކަށާއި، 27 އަހަރުގެ ފިރިހެން މީހަކަށް ކަމަށެވެ.

އަދި އެމީހުން އިތުރުފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ ފަތިހު 05:19 ހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއި އެކު ވަގުތުން ހަރަކާތްތެރިވާން ފަށާފައި ވާކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.

މިގޮތުން، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ”ހާބަރކްރާފްޓް 116“ ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާ ލުބުނު ދެމީހުން ވަނީ އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ލިބުނު އަނިޔާގެ ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *