ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ވަޒަން ފެނިފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުންކަމަށެވެ. އަދި ވަޒަން ފެނުނު ކަމަށްބުނެ ފުލުހުންނަށް ކުރި ރިޕޯޓަކާގުޅިގެން އެޓެންޑްވެފައިވާކަމަށާއި، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.
މިކަމާގުޅިގެން އިތުރު ތަފްޞީލެއް ފުލުހުންވެސް އަދި އެމްއެންޑީއެފްއިންވެސް ދީފައެއްނުވެއެވެ.









