Search Streamline Icon: https://streamlinehq.com

ރައީސް މުއިއްޒު މިހާރު އެ ވަނީ ޕީޕީއެމްގެ ފިކުރަށާއި ގައުމިއްޔަތަށް ވެސް ބޭވަފާތެރިވެފަ: ޖަމީލް

F 2AWzdbgAAW 5n

ރައީސް މުއިއްޒު މިހާރު ވަނީ ޕީޕީއެމްގެ ފިކުރަށާއި ގައުމިއްޔަތަށް ވެސް ބޭވަފާތެރިވެ، ސާފުވެރިކަމަށް ވެސް ބޭވަފާތެރިވެފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާވެއްޖެ އެވެ.

އެކްސްގައި ޖަމީލު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެއްވެސް ތަފާތެއް ނެތް ކަމަށާއި ދެ ސަރުކާރުގައި ވެސް އޮތީ ކޮރަޕްޝަން ކަމަށެވެ. އަދި ރައީސް މުއިއްޒު މިހާރު ވަނީ ޕީޕީއެމްގެ ފިކުރަށާއި ގައުމިއްޔަތަށް ވެސް ބޭވަފާތެރިވެ، ސާފުވެރިކަމަށް ވެސް ބޭވަފާތެރިވެފައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ސަރުކާރު ހިންގާ، ޕީއެންސީ އަށް ރޭ ސޮއިކުރެއްވުމާ ގުޅިގެން ޖަމީލު ވިދާޅުވީ މިއަދު ގައުމިއްޔަތު ދަސްކޮށް މިދެނީ ހަމަ އެއް އަޚްލާގެއް ކަމަށާއި ކޮރަޕްޝަނާއި ރިޝްވަތުގެ ޙަރާމް އަމަލާއި ފަސާދަ ކަމަށެވެ. އެގޮތުން ޖަމީލް ވިދާޅުވީ މިއަދު ރައީސް މުއިއްޒު އާއި ރައީސް އިބޫގެ ތަފާތެއް ނެތްކަމަށާއި ދެ ބޭފުޅުންވެސް އިޚްތިޔާރު ކޮށްފައި މިވަނީ އެއްމަގެއް، އެއް އަމަލެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިންގެ ރާއްޖޭގެ ތިޔަ ދަތުރަކީ ފަސާދަ އާއި ކޮރަޕްޝަނާ ރިޝްވަތުން ޖަރީ ކުރެވިފައިވާ ނާމާން، ދީނީ އަޚްލާގަށް ބިރުވެރި ދަތުރަކަށްވެ ނިމިއްޖެކަމަށް ޖަމީލު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ސަރުކާރާ ގުޅިވަޑައިގަތް އެމްޑީޕީ މަޖިލިސް މެމްބަރުންނަކީ ކުރިން ދީނަށް ފުރައްސާރަކުރި އެމްޑީއެން ދިފާޢުކުރި މީހުން ކަމަށެވެ.

”މިއަދު މި ގުޅުނީ އިއްޔެ ކަނޑު ވިއްކާލުން ދިފާޢުކުރި މީހުން. މިއަދު މި ގުޅުނީ އިއްޔެ ބޭރު ސިފައިން ތިބުން ދިފާޢުކުރި މީހުން. މިއަދު މިގުޅުނީ ޕީޕީއެމް/ޕީއެންސީ ބުނަމުން ދިޔަ ޗޯރު ސަރުކާރު ދިފާޢުކުރި މީހުން،“ ޖަމީލު ވިދާޅުވި އެވެ. “ ކޮވިޑް ވައްކަން، ވެންޓިލޭޓަރު، އިބޫގެ ކޮރަޕްޝަން ދިފާޢުކުރި މީހުން. އިބޫގެ ސަރުކާރުގެ ހުރިހާ ގޯހެއް ދިފާޢުކުރި މީހުން.“

އެމްޑީޕީގެ މަޖިލިސް 13 މެންބަރަކު ރޭ ޕީއެންސީ އަށް ސޮއިކުރައްވާފައިވެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *