Search Streamline Icon: https://streamlinehq.com

ފޯނުތަކަށް ފޮނުވާ ގޮތް ނޭނގޭ ”ސްކޭމް“ ލިންކުތަކަށް ނުވަނުމަށް ފުލުހުން އިލްތިމާސް ކޮށްފި

BREAKING NEWS IMAGE.jpg

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު ފޯނުތަކަށް ފޮނުވާ ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް އާއްމުންނަށް ފޮނުވަމުންދާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފުލުހުން ބުނީ މިފަދަ ލިންކްތައް ފޮނުވަމުންދަނީ އާއްމުންގެ އޮންލައިން ބޭންކިންގެ މައުލޫމާތުތައް ވަގަށް ނަގަންކަމަށެވެ.

މިކަމާ ގުޅިގެން އެފްޑީސީއިން ބުރާސްފަތި ދުވަހު އާއްމުންނަށް ލިބެމުންދަނީ ސައްހަ ނޫން މެސެޖުތަކެއްކަމަށް އަންގައި އެ ކޯޕަރޭޝަންގެ ފަރާތުން މިފަދަ އެއްވެސް މެސެޖެއް ނުފޮނުވާކަމުގެ ޔަގީންކަންދީފައެވެ.

ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް މީގެ ކުރިން ވެސް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *