ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކޮށް، ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިގޮތަށް ވިދާޅުވީ އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.
އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކޮށް، ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށެވެ. އަދި ފައި މަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެ ކަމަށާއި އޭގެ ނަތީޖާ އަކަށް ވެގެންދާނީ މުޖްތަމައުގައި ކުށް ކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސު ކުރެވުން ކަމުގައި ޝުޖާއު ވިދާޅުވިއެވެ.
އަދި ބޭސިކް ޕޮލިސިންގ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ލިބިގަނެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބޭ ފަރާތަށް އިންސާފު ލިބުން އަވަސްވެގެން ދިޔުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއެކު މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށް ފުލުހުންނަށް ފުރުޞަތުލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި، ނޭޝަނަލް ޑްރަގް އޭޖެންސީއާ ޙަވާލުކުރުމުން، އެ އޭޖެންސީގެ ފަރާތުން އެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކޯޑިނޭޓް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.









