Search Streamline Icon: https://streamlinehq.com

މިހާރު ކުރަމުން މިދާ ވިއްސާރައިގައި ފަސް ރަށަކަށް އެކި ވަރުގެ ގެއްލުންތައް ވެއްޖެ

BREAKING NEWS IMAGE.jpg

ރާއްޖެއަށް މިހާރު ކުރަމުން މި ދާ ވިއްސާރައިގައި ފަސް ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން އަދި ފޮނަދޫ އާއި ސ.މަރަދޫއިން ލިބިފައިވާ ކަމަށެވެ. އެގޮތުން ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ ފެން ބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސިފައިންނާއި، ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުންވެސް މާލޭގެ ބައެއްގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލުގެ އެހީތެރިކަމާއިއެކު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މުޅި ރާއްޖެ ސަރަހައްދަށް މިދުވަސްވަރު މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާއިރު މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ މިއަދު 13 އަތޮޅަށް އެލާޓްވެސް ނެރެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *