Search Streamline Icon: https://streamlinehq.com

ފްލެޓްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭން އާބަންކޯއިން ނިންމައިފި

A2a24d16 435a 458b 9ba4 976b3de2770c

ރައީސް މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރެއިން ސޯޝަލް ހައުސިން ފްލެޓްތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދީފިއެވެ.

އާބަންކޯއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މިއަދާ ހަމައަށް މާފު ކޮށްދޭނެ ކަމަށާއި ’ޕެނަލްޓީ ރިލީފް’ގެ ދަށުން ފްލެޓަށް މިހާތަނަށް ދައްކަން ޖެހި، ނުދެއްކިފައިވާ ފައިސާ ބަހާލައިގެން ދެއްކޭނެކަމަށެވެ.

މީގެ އިތުރުން، ފައިސާ ނުދެއްކިގެން އަރާ ޖޫރިމަނާ ’ފިކްސްޑް ޕެނަލްޓީ’އަކަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން: ފައިސާ ދެއްކުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ މަހަކު ދައްކަން ޖެހޭ އަދަދުގެ %1 ކަމުގައި ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަދި މި ބަދަލާއެކު ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުވެގެން ނުދާނެ ކަމަށާއި ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދު ދެފަރާތައް ވެސް އެނގޭނެ ކަމަށް އާބަންކޯ އިން ބުނެފައިވެއެވެ. މި ބަދަލާ އެކު ޖޫރިމަނާއަށް ދައްކަން ޖެހޭ %1 ނެގޭނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން، ސަދަގާތައް ހޭދަކުރާ ގޮތަށް ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

އާ އުސޫލުތަކުގެ ދަށުން ތައާރަފުކޮށްފައިވާ ’ފިކްސްޑް ޕެނަލްޓީ’ގެ ދަށުން ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލު ކުރެވޭނީ، ހަމައެކަނި އެ އުސޫލުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށެވެ. ފޯމު ހުށަހަޅާނީ އަންނަ ޖެނުއަރީ 10 އެއްގެ ކުރިން  އާބަންކޯގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] ނުވަތަަ [email protected] އަށް ކަމަށް ބުނެފައިވެއެވެ.

މިގޮތަށް ހުށަހަޅާ ފަރާތްތަކާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރާނޭ ކަމަށާއި ލުއި ދިނުމުގެ ގޮތުން ތައާރަފު ކޮށްފައިވާ މި އުސޫލުގައި ކޮމާޝަލް ފްލެޓުތައް އަދި ’ވިނަރެސް‘ ފަދަ އެފޯޑަބަލް ހައުސިން ޔުނިޓްސް ނުހިމެނޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *