Search Streamline Icon: https://streamlinehq.com

ޚަތީބުންގެ ހުއްދަ އަށް އެދި 100 ޒުވާނަކު ކުރިމަތިލައިފި

Original

އިމާމުވެ ހުކުރުކޮށް، ޚުތުބާ ކިއުމުގެ ހުއްދަ ނެގުމަށް 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރޔ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ޚުތުބާ ކިއުމުގެ ހުއްދަ ނަގަން 100 ޒުވާނަކު ކުރިމަތިލާފައިވާ ކަމަށާއި އެކަމަށް ކުރިމަތިލާފައިވާ ޒުވާނުންގެ އިންޓަވިއުތައް އަންނަ ހަފްތާގައި ފަށާނެ ކަމަށާއި އެއަށްފަހު ފިޤުރީ ތަމްރީނުތަކެއް ދެވޭނެ ކަމަށެވެ. ބައިވެރިންގެ އިންޓަވިއުތައް ކުރާނީ މާލެ ނަމަ ހާޒިރުކޮށްގެން ކަމަށާއި އަދި ރަށުގައި ހުރި ބައިވެރިއެއްނަމަ އޮންލައިންކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޓަވިއުގައި އޮންނާނީ ޤުރުއާން ކިޔެވުން އަޑުއެހުމާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ޚުތުބާތަކުން އެ ބައިވެރިއަކު އިޚުތިޔާރުކުރާ ޚުތުބާއެއް އަޑުއެހުމެވެ. އެއަށްފަހު ހުއްދަ ދިނުމަށްފަހު، ހުއްދަ ދެވޭ ފަރާތްތަކަށް ޚާއްސަ ތަމްރީނެއް ދެވޭނެކަމަށް ޝަހީމު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ތަމްރީނުތައް ކުރިއަށްދާނީ އަތޮޅުގައި އުޅޭ ކުދިންނަށް އަތޮޅުގައި އަދި މާލެ ސަރަހައްދުގައި ނަމަ މާލޭގައި ކަމަށެވެ. މި ތަމްރީނުގައި މޮސްކް މެނޭޖްމަންޓް، ޚުތުބާ ކިޔުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަޚުލާޤު، މިސްކިތުގެ ދައުރު އަދި ނަމާދުގެ ފިޤުހުއާ ގުޅޭ ގޮތުން ތަމްރީނުތައް ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޯދަމަހުގެ ކުރިން ޒުވާން ޚަތީބުން ތަމްރީނުކޮށް ނިމޭނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *